ދުނިޔެ

ޗައިނާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގައި ގެއްލުނު 91 މީހަކު އަދިވެސް ނުފެނޭ!

އިއްޔެ ހެނދުނު 11:40 ހާއިރު ޗައިނާގެ ޗައިނާގެ ޝެންޒެން ސިޓީއަށް ދިމާވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި ގެއްލިފައިވާ 91 މީހުން އަދިވެސް ނުފެންނަ ކަމަށް ޗައިނާއިން ބުނެފި އެވެ.

މި ހާދިސާގައި 33 އިމާރާތް ވަނީ ބިމާއި ހަމަވެފަ އެވެ. މިހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި 100 އެއްހާ ރެސްކިއު ވޯކާސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ޒަހަމް ތަކަކާއި އެކު ހަތް މީހުން ސަލާމަތް ކޮށްފައިވާއިރު 91 މީހުން އަދިވެސް ނުފެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 59 ފިރިހެނުންނާއި 32 އަންހެނުންނެވެ.

ޗައިނާގެ ރައީސް ޒީ ޖިންޕިންގ ވަނީ ކަމާބެހޭ މުއައްސަސާތަކަށް ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެންމެ ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް އަންގާފަ އެވެ.

ބިވެ.

ންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ހިނގިއިރު އެ އިމާރާތްތަކުގައި ތިބި އިތުރު 900 މީހުންނަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވި އެވެ.

ޗައިނާގެ ޒިންހުއާ ނޫސް އެޖެންސީން ހަބަރުކުރާ ގޮތުގައި މިހާދިސާ ހިނގަން މެދުވެރިވީ ގޭސް ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. މި ގޭސް ހޮޅި މަރާމާތު ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

މި ހާދިސާގައި ބިމާ ހަމަވި އިމާރާތްތަކުގެ ތެރޭގައި ފެކްޓަރީ ތަކާއި، އޮފީސް އަދި ކެންޓީނާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ އިމާރާތްތައް ހިމެނެ އެވެ.

ޝެންޒެން ސިޓީ އަކީ ޗައިނާގެ އެންމެ ކާމިޔާބު، ސްޕެޝަލް އިކޮނޮމިކް ޒޯން ކަމަށް ޗައިނާއިން ބުނެ އެވެ. މި ސިޓީ އަކީ އެގައުމުގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަމުންދާ ސިޓީއަކަށް ވި ނަމަވެސް މިއަހަރު ތެރޭ އެއަވަށުގައި ގިނަ އަދަދެއްގެ "އިންޑަސްޓްރިއަލް" އެކްސިޑެންޓް ހިނގާފައިވާ ކަން ފާހަގަ ކުރެވެ އެވެ. އެހެން ކަމުން ގިނަ ބަޔަކު ވަނީ އެތަނުގެ ސަލާމަތީ ކަންކަން ހުރި މިންވަރާއި ބެހޭގޮތުން ސުވާލު އުފައްދާފަ އެވެ.

އިއްޔެގެ މިހާދިސާ ހިނގާފައިވަނީ ޗައިނާގެ ޓިއާންޖިން އަވަށުގައި ކެމިކަލް ވެއަރ ހައުސް އެއް ހިނގާ 200 މީހުން މަރުވި ހާދިސާ އެއް މިދިޔަ އޮގަސްޓްު މަހު ހިނގާފައިވަނިކޮށެވެ.

އެހާދިސާއަށްފަހު ޗައިނާގެ މަސައްކަތުގެ މާހައުލުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ސަރުކާރުންވަނީ އަންގާފައެވެ.