ރައީސް އޮފީސް

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

Feb 10, 2022
2

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ނުރަސްމީ ދަތުރުފުޅަކަށް ވާތީ ރައީސްގެ ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.