އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް،

އޭއީއެޗްގައި ޕީސީއާރް ހަދައިދޭ އަގު ހެޔޮކޮށްފި

Feb 10, 2022
1

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ޕީސީއާރް ހަދަން ބޭނުންވާ މީހުންނަށް ޓެސްޓް ހަދައިދޭ އަގު ހެޔޮކޮށްފި އެވެ.

އޭއީއެޗްގައި ޕީސީއާރް ޓެސްޓް ކުރިން ހަދައިދިނީ 750 ރުފިޔާ އަށެވެ. އެކަމަކު މިހާރު އެ ޓެސްޓް ހަދައިދެނީ 700 ރުފިޔާ އަށެވެ.

ޕީސީއާރް ޓެސްޓް ހަދައިދޭ އަގު ހެޔޮ ކުރި ވަކި ސަބަބެއް ހޮސްޕިޓަލުން ބުނެފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތު އައްޑޫ ސިޓީގައި ޕީސީއާރް ޓެސްޓް ހަދައިދޭ ހަަމައެކަނި ތަނަކީ ވެސް އޭއީއެޗް އެވެ.

އައްޑޫ ސިޓީގެ ކޮވިޑް ހާލަތަށް ބަލާއިރު އިއްޔެގެ ނިޔަލަށް އެ ސިޓީގައި ޖުމްލަ 5،777 މީހަކު ބައްޔަށް ޕޮޒިޓިވްވެ، ޖުމްލަ 5،028 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އިއްޔެ އެކަނި ވެސް އައްޑޫ ސިޓީގައި 118 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. ކޮވިޑް ބަލީގެ އެކަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އައްޑޫ ސިޓީގައި ކޮވިޑް ބަލީގައި 15 މީހަކު ވަނީ މަރުވެފަ އެވެ.