ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދިވެހިން ކަރަންޓީން ވާން ނުޖެހޭ ގޮތަށް އިންޑިއާގެ އުސޫލު ބަދަލުކުރަނީ

Feb 11, 2022

ރާއްޖެއިން އިންޑިއާ އަށް ދަތުރުކުރާ މީހުން މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހަށް ކަރަންޓީން ވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރަން ނިންމައިފި އެވެ.

ކޮވިޑް 19ގެ އާ ވޭރިއަންޓް -- އޮމިކްރޯން އިންޑިއާ އިން ފެނުމާ ގުޅިގެންނާއި ހަލުވިކަމާ އެކު އެ ގައުމުގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާ މީހުން އެ ގައުމުގައި ހަތް ދުވަހަށް ކަރަންޓީން ވާން ޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން އުސޫލެއް ކަނޑައަޅައި އަމަލުކުރަން ފެށީ މިދިޔަ ޖެނުއަރި މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.

އިންޑިއާގައި ކަރަންޓީން ވާން ޖެހޭ ރައްޔިތުން ނިސްބަތްވާ ގައުމުތަކުގެ ލިސްޓެއް އެ ގައުމުން އާންމުކުރި އިރު އޭރު އެ ލިސްޓްގައި ރާއްޖެ ވެސް ހިމެނި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލަކު މިރޭ ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ޕީސީއާރް ނެގެޓިވް ޓެސްޓަކާ އެކު އިންޑިއާ އަށް ދަތުރުކުރާ ދިވެހިން ކަރަންޓް ވާން ނުޖެހޭނެ ކަމަށެވެ.

އޮމިކްރޯންއާ އެކު އަނެއްކާ ވެސް ގައުމުތަކުގައި ހަލުވިކަމާ އެކު ކޮވިޑް ކޭސްތައް އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ގޮތުން ގައުމުތަކުގައި ގެންދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް މިދުވަސްވަރު ނުކުރުމަށް އިލްތިމާސްކުރަމުންނެވެ.

ރާއްޖޭގައި މިއަދު ވަނީ 986 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 156،903 އަށް އަރާފަ އެވެ.