ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 32 ރަށެއް

ކޮވިޑާ ގުޅިގެން އެޗްޕީއޭއިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 32 އަށް ދަށްވެއްޖެ އެވެ.

އެޗްޕީއޭ އިން މިމަހުގެ ހަވަނަ ދުވަހު އަޕްޑޭޓް ކުރި ލިސްޓްގައި ބަންދުކޮށްފައި އޮތް ރަށްތަކުގެ އަދަދަކީ 40 އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ލިސްޓް ބުނާ ގޮތުން މިހާރު އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށަކީ މިދިޔަ ޑިސެމްބަރު މަހު ބަންދުކުރި ކ. މާފުއްޓެވެ. މީގެ އިތުރުން ޑިސެމްބަރު މަހު އެޗްޕީއޭއިން ވަނީ ހއ. އިހަވަންދޫ ވެސް ބަންދު ކޮށްފަ އެވެ.

މިދިޔަ މަހު އެޗްޕީއޭ އިން ވަނީ 23 ރަށެއް ބަންދުގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ނޮޅިވަރަމްފަރު، ހދ. ހަނިމާދޫ، ށ. މިލަންދޫ، ށ. ފުނަދޫ، ށ. ކަނޑިތީމު، ނ. ކުޑަފަރި، ނ. މާޅެންދޫ، ރ. ކިނޮޅެސް، ރ. އިނގުރައިދޫ، ބ. ތުޅާދޫ، ބ. ކެންދޫ، ކ. ގުރައިދޫ، އދ މަހިބަދޫ، ވ. ކެޔޮދޫ، ދ. ހުޅުދެލި، ދ. ކުޑަހުވަދޫ، ތ. ގުރައިދޫ، ލ. ގަން، ލ. ދަނބިދޫ، ގދ. ގައްދޫ އަދި ގދ. ތިނަދޫ އެވެ.

މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ވަނީ ހަތް ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރުކޮށްފަ އެވެ. އެއީ ހދ. ވައިކަރަދޫ، ނ. ހޮޅުދޫ، ރ. އަލިފުށި، ތ. ވިލުފުށީ، ލ. ފޮނަދޫ، ގދ. ފިޔޯރީ އަދި ގދ. ހޯޑެއްދޫ އެެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް ޖުމްލަ 986 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އަތޮޅު ތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 596 އެވެ.