އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި އެމްޑީޕީގެ ހަރަކާތްތެރި މެންބަރެއް ކަމަށްވާ ސަފާތު އަހުމަދު ޒާހިރު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.
އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް މިއަދު ވަނީ ހުޅުވާލާފައެވެ. އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ރޮޒައިނާ މިއަދު ވަނީ އިއުލާނު ކުރައްވާފައެވެ.
އަދި ސަފާތު އަހުމަދު ޒާހިރު ވަނީ ޓްވިޓާ މެދުވެރިކޮށް އެކަން ކުރީން އިއުލާނު ކޮށްފައެވެ.
އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހޮވުމާއި ޒުވާނުންގެ ޔޫތު ވިންގު ރައީސް ހޮވުންވެސް އޭޕްރީލް 16 ގައި އޮންނާނެ އެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހުގެ 4:00 އެވެ. މަގާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް މިމަހުގެ 22 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއިން މިއަދު ވަނީ ބުނެފައެވެ.
މިމަހުގެ 18 ވަނަ ދުވަހު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިބާހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޮގަސްޓް ހަތަރުވަނަ ދުވަހު އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށްވެސް ގައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.