މޯލްޑިވްސް ޕޮލިސް ސާވިސް

623 ދަޅު ބިޔަރާއި 270 ފުޅި ބަނގުރާ ނައްތާލައިފި

Feb 13, 2022

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގައި ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގަ އެވެ.

ނައްތާލި ތަކެތީގެ ތެރޭގައި 270 ފުޅި ބަނގުރާ އާއި 623 ދަޅު ބިޔަރު ހިމެނެ އެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ މިދިޔަ އަހަރުގެ އޭޕްރީލް 16 އިން ޑިސެމްބަރު 15 އަށް ދާލު އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށެވެ.

ބަނގުރާ ނައްތާލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ އާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.