އާމިނަތު ޝައުނާ

ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ހޯދަން މަޝްވަރާ ކޮށްފި

Feb 13, 2022
1
ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ސްޓާލިންކްގެ އިންޓަނެޓްގެ ހިދުމަތް ހޯދަން މިއަދު ވަނީ މަޝްވަރާކުރައްވާފައި -- ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ
0%
0%
0%

އެމެރިކާގެ މަހުޖަން އިލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން ޖައްވަށް ފޮނުވާފައިވާ ސްޓާލިންކް ސެޓެލައިޓްތައް މެދުވެރިކޮށް އިންޓަނެޓްގެ ހިދުމަތް ހޯދުމަށް މަޝްވަރާ ކޮށްފި އެވެ.

މިކަމާ ގުޅޭ މަޝްވަރާތައް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ކުރިއަށް ގެންދެވީ ސްޓާލިންކްގެ މާކެޓް އެކްސެސް ޑައިރެކްޓަރު ރަޔާން ގުޑްނައިޓާ އެކު އެވެ.

މިބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ޓެކްނޮލޮޖީ މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ފެށި ސްޓާލިންކަކީ ސެޓެލައިޓް ނެޓްވޯކެއްގެ ތެރެއިން ސީދާ އިންޓަނެޓް ފޯރު ކޮށްދޭ ގޮތަށް އުފައްދާފައިވާ ޓެކްނޮލޮޖީ އެކެވެ. މިހާތަނަށް ސްޕޭސް އެކްސްއިން 1800 އަށް ވުރެ ގިނަ ސެޓެލައިޓް ޖައްވަށް ފޮނުވާލާފައިވާއިރު ސްޓާލިންކްގެ ހިދުމަތަކީ މަހު ފީއެއް ދައްކައިގެން ބޭނުން ކުރެވޭ ހިދުމަތެކެވެ. މަހަކު 99 ޑޮލަރަށް މި ހިދުމަތް ބޭނުން ކުރެވެ އެވެ. ނަމަވެސް ހިދުމަތް ބޭނުން ކުރަން ބޭނުންވާ ޑިވައިސް ގަތުމަށް އަދި ރަޖިސްޓްރީ ކުރަން 499 އެމެރިކާ ޑޮލަރު މިވަގުތު ނަގަ އެވެ. މިހާރު ސްޓާލިންކްގެ ހިދުމަތް ބީޓާ މަރުހަލާއެއްގައި އެމެރިކާ، ކެނެޑާ އަދި ބައެއް އެހެން ގައުމުތަކުގައި ވެސް ދަނީ ތަޖުރިބާކުރަމުންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910