އިންޑިއާ

ޑްރަގްސް މައްސަލައެއްގައި އޭދަފުށި އަންހެނަކު އިންޑިއާގައި ހައްޔަރުކޮށްފި

Feb 16, 2022

އިންޑިއާ އަށް ބޭސްފަރުވާ އަށް ދިޔަ އުމުރުން ދޮށީ ދިވެހި އަންހެނަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ ބ. އޭދަފުށްޓަށް ނިސްބްތްވާ އުމުރުން 58 އަހަރުގެ އައިމިނަތު ރަޝީދާ އެވެ.

އޭދަފުށި ކައުންސިލުން ވަނީ ވިލިމާލޭގައި ދިރިއުޅޭ އައިމިނަތު ރަޝީދާ ހައްޔަރުކޮށްފައިވާ ކަމަށް އަވަސް އަށް ޔަގީންކޮށްދީފަ އެވެ.

އައިމިނަތު ރަޝީދާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ ތިން ދުވަސް ދީފަ އެވެ.

އައިމިނަތު ރަޝީދާ ހައްޔަރުކުރީ މީގެދުވަސްކޮޅެއް ކުރިން އިންޑިއާގެ ކެރަލާގައި އުޅޭ ބަޔަކު އޭނާ އަށް ފޮނުވި ޕާރްސަލެއްގައި ހުރި މަސްތުވާތަކެތީގެ މައްސަލައެއްގައި މާފަހުން އިންޑިއާ އަށް ދިއުމުން ކަމަށް އޭދަފުށި ބައެއް މީހުންގެ ފަރާތުން އަވަސްއަށް މައުލޫމާތު ލިބިފައިވެ އެވެ.

އައިމިނަތު ރަޝީދާ ހައްޔަރުކުރި މައްސަލައިގައި ފޮރިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.