ބޭންކް އޮފް މޯލްޑިވްސް

މާމެންދޫއަށް ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް

ބީއެމްއެލްއިން ލ. މާމެންދޫގައި ސެލްފް ސާވިސް އޭޓީއެމެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

މާމެންދޫގައި ސެލްފް ސާވިސް ބޭންކިން ފެށުމުން އޭޓީއެމް ސެންޓަރު މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

ބީއެމްއެލްއިން މިހާރު ވެސް ލ. އަތޮޅު ފޮނަދޫ އަދި ގަމުގައި ބްރާންޗަކާއެކު ސެލްފް ސާވިސް ބޭންކިން ސެންޓަރެއް މެދުވެރިކޮށް ހިދުމަތްދެ އެވެ. އެ އަތޮޅު މާވަށުގައި ވެސް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމުގެ ސްޓްރެޓަޖީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން އިންވެސްޓް ކުރަމުންދާނެ ކަމަށެވެ.

"މާމެންދޫގައި ހުޅުވުނު އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި ބޭންކިން ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ" ސީއީއޯ ޓިމް ސޯޔާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 33 ސެލްފްސާވިސް ބޭންކިން ސެންޓަރު، 136 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަށް ބީއެމްއެލްއިން ދަނީ ދެމުން ނެވެ.

ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.