ޏ. ފުވައްމުލަކު ސީޓީ ފުނާޑު އަވަށުގެ ވީދަނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ފުވައްމުލަކު ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ދަނޑުގެ ބޮޑު ސަރަހައްދެއްގައި ވަނީ ރުވެފައެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު ހައެއް ޖެހިއިރު ކަަމަށެވެ.
ހާދިސާ ހިނގަން މެދުވެރިވީ ސަބަބާއި ގުޅޭގޮތުން ސިފައިން އަދި ވަކި އެއްޗެއް ނުބުނެއެވެ.
އަލިފާންގަނޑު ނިއްވާލެވުނީ ދެ ގަޑިއެއްހާއިރު ފަހުންނެވެ. އަލިފާން ނިއްވާލީ ފުވައްމުލަކު ފަޔާ ސްޓޭޝަންގެ ފަޔާމަނުންނާއި ފުވައްމުލަކު ޕޯސްޓްގެ ސިފައިންނާއި ސިޓީ ކައުންސިލްގެ މެމްބަރުންގެ އިތުރުން ފުވައްމުލަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ކަމަށް ސިފައިން ބުންޏެވެ.