ހަބަރު

ފުވައްމުލަކު ޗަސްބިމުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ފުވައްމުލަކު ހޯދަޑު ޗަސްބިމުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްއިން ނިއްވާލައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ ފުވަމުލަކު ހޯދަޑު ޗަސްބިމުގައި މިރޭ އަލިފާން ރޯވެފައިވަނީ މަގުގެ އަރިމަތީގައި ހުރި ފަތްކެޔޮ ގަސްތަކެއްގައި ކަމަށާއި ސިފައިން އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.