އެމްއެންޑީއެފް

ސިފައިންގެ އިންޓެލިޖެންސް ވެރިޔަކަށް ޒުހުރީ

Feb 18, 2022

އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ ވެރިޔަކަށް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީ އައްޔަންކޮށްފި އެވެ.

އެމްއެންޑީއެފް އިންޓެލިޖެންސް ވެރިޔަކަށް އެންމެ ފަހުން ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމް އަބްދުއްލަތީފެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މަޝްހޫރު ވެގެން ދިޔަ އެކެއް ފެބްރުއަރީގެ އަމުރު ނެރުނު އިރުވެސް އިންޓެލިޖެންސް ވެރިޔަކަށް ހުންނެވީ އަބްދުއްރަހީމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހުގެ ރޭ ބަޔަކު ހަމަލާދިން އިރު ވެސް ސިފައިންގެ އިންޓެލިޖެންސް ވެރިޔަކަށް ހުންނެވީ އަބްދުއްރަހީމް އެވެ.

މިދިޔަ އަހަރު ބްރި ބްރިގޭޑިއާ ޖެނެރަލްގެ މަޤގާމަށް ޕްރޮމޯޓް ކޮށްފައިވާ ބްރިގޭޑިއާ ޖެނެރަލް ޒުހުރީ އަށް އިންޓެލިޖެންސް ޔުނިޓް ހަވާލުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އިންޓެލިޖެންސް ވެރިޔާ ބަދަލުކުރި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ. ނަމަވެސް ސިފައިންގޭގައި އެކިއެކި މަސްއޫލިއްޔަތުތަކާ ހަވާލުވެ ތިއްބަވާ ކޮމާންޑަރުންގެ މަސްއޫލިއްޔަތު ބަދަލުކުރުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.

ޒުހުރީ މީގެކުރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޕްރެޒިޑެންޝަލް ގާޑުގެ ކޮމާންޑަރުކަމާއި ފަޔާ އެންޑް ރެސްކިއުގެ ކޮމާންޑަރުކަމާއި އެމްއެންޑީއެފްގެ ސަދާން އޭރިޔާގެ ކޮމާންޑަރު ކަން ވެސް ކުރައްވާފަ އެވެ.