ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ޅ. އަތޮޅަށް ވަޑައިގެންފި

Feb 18, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޅ. އަތޮޅުގެ ރަށްތަކަަށް ކުރައްވާ ދަތުރުފުޅެއް އެ އަތޮޅަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހްގެ މިދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ މަޑިވަރަށެވެ.

ސިޓީ ހޮޓަލަކާ އެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އެޅީ މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސް އެވެ. އެ އެއާޕޯޓް ހިންގުމާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ހަވާލުވީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

މޯލްޑިވިއަންގެ އެއާޕޯޓެއްގައި މަޑިވަރަށް މިއަދު ވަަޑައިގެން ރައީސް ވަނީ މަޑިވަރު އެއާޕޯޓްގެ ކޮމާޝަލް ދަތުރުތައް އިފްތިތާހުކޮށްދެއްވާފަ އެވެ.

ރައީސްގެ މިދަތުރުފުޅުގައި މަޑިވަރުގެ އިތުރުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެމަނިކުފާނުގެ އުފަން ރަށް ހިންނަވަރު، ނައިފަރު، އޮޅުވެލިފުށި، ކުރެންދޫ އަދި ފެލިވަރަށެވެ.

ރައީސް ސޯލިހް ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.