އެމްޑީޕީ

ބިގޭ ހޮވިއްޖެ، އަނދުން ހުސައިންނާ އިލްޔާސް އެެއްވަރުގެ ދެވަނަ ބުރަކަށް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓަރީ ގުރޫޕްގެ ނާއިބު ލީޑަރު ކަމަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިހާބު ކޮށްފި އެވެ.

މިއަދު އޮތް އެމްޑީޕީގެ ޕީޖީ އިންތިހާބުގައި ބިގޭގެ އިތުރުން އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވާދަކުރެެއްވިއެވެ. ނަމަވެސް އެ ދެ ބޭފުޅުންނަށް ލިބިވަޑައިގެން ވޯޓްގެ އަދަދު އެއްވަރުގެ އަލުން ވޯޓް ނެގުމަށް ވަނީ ނިންމާފައެވެ.

މި މަގާމަށް ވާދަކުރެއްވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. މިއީވެސް ރައީސް ސޯލިހްގެ އަރިސް އަދި އެމަނިކުފާނުގެ ދިފާއުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާތީ ފެންނަ ދެ މެންބަރުންނެވެ.

އިލްޔާސްއަކީ ރައީސް ނަޝީދަށް ވަފާތެރި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރެވެ.

މިއަދު އޮތް އިންތިހާބުގައި ޕީޖީ ލީޑަރު ކަމަަށް އިންތިހާބުވެވަޑައިގެންނެވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ނައިބް ލީޑަރުންގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރު ވެސް އެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

މި މަގާމަށް އިންތިހާބުވެވަޑައިގެންނެވީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. މިއީވެސް ރައީސް ސޯލިހްގެ އަރިސް އަދި އެމަނިކުފާނުގެ ދިފާއުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާތީ ފެންނަ މެންބަރެވެ. އެ މަގާމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވާދަކުރެއްވިއެވެ. އެ ދެ މެންބަރުންގެ ވޯޓް އެއްވަރުވެ ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ.

ޕީޖީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. ހުސައިންއަށް 63 ވޯޓް ލިބިވަޑައިގަތެވެ.

މި އިންތިހާބުގައި ޗީފް ވިޕަކަަށް އިންތިހާބުވެވަޑައިގެންނެވީ ތިނަދޫ މެންބަރު އަބްދުލް މުޣުނީ އެވެ. އޭނާއަށް 34 ވޯޓް ލިބިވަޑައިގަތެވެ. އޭނާއާ ވާދަކުރެއްވި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއަށް ލިބިވަޑައިގަތީ 31 ވޯޓެވެ.

ވިޕުންގެ ގޮތުގައި އިންތިހާބުވެވަޑައިގަތީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހަސަން ޒިއާދު އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު އަލީ ސިރާޖެވެ.