މާލެ މަސްމާރުކޭޓްގައި ހަދާފައިވާ މަސް އަށިތައް ފައިބަރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ މަސްމާރުކޭޓްގައި ހަދާފައިވާ މަސް އަށިތައް ފައިބަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަށިތައް ޒަމާނީ ފެންވަރަށް ހަދަން ފަށާފައި މިވަނީ އެތައް އަހަރަކު އެ އަށިތައް މަރާމާތު ނުކުރެވި ހުރުމަށް ފަހު ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމޭނެ ކަމަށެވެ.