ގދ. ތިނަދޫ

ތިނަދޫގައި މާރާމާރީ ހިންގާ މީހަކު ޒަހަމުކޮށްލައިފި

Feb 18, 2022

ގދ. ތިނަދޫގައި މާރާމާރީ ހިންގާ މީހަކު ޒަހަމުކޮށްލައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ތިނަދޫގައި މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓް މިރޭ 9:25 ހާއިރު ލިބިފައިވާ ކަމަަށެވެ.

މާރާމާރީގައި ދިވެހި ފިރިހެނަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.

ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.