ރޮޒައިނާ އާދަމް

ރޮޒައިނާ، ފޯމް ހުށަހަޅުއްވައިފި

Feb 19, 2022

އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރެއްވުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ފޯމު ހުށަހަޅުއްވައިފި އެވެ.

ރޮޒައިނާ އަށް ތާއީދުކުރާ ބައެއް މީހުންގެ ސޮޔާ އެކު އިންތިހާބުގައި ވާދަކުރެއްވުމަށް އޭނާ ފޯމް ހުށަހެޅުއްވީ އިއްޔެގެ ވަގުތެއްގަ އެވެ.

އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ރޮޒައިނާއާ ވާދަކުރައްވަނީ ސަފާއަތު އަހްމަދެވެ. އޭނާ ވެސް ފޯމް ހުށަހަޅުއްވާފަ އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ސިޔާސީ ހުރިހާ ހަރަކާތްތަކާއި ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުމާ ހިއްސާ އިތުރުކޮށް، އަންހެން މެމްބަރުންގެ އަޑު އުފުލުމަށް އެމްޑީޕީގެ ތެރޭގައި ހަދާފައިވާ ހާއްސަ ގުނަނެކެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މަގާމުތަކަށާއި ޒުވާނުންގެ ޔޫތު ވިންގުގެ މަގާމުތަކަށާއި އަދި ޗެއާޕާސަންގެ މަގާމަށް ކުރިމަތިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މިއަދު ހަވީރު 4:00 އެވެ. މަގާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް މިމަހުގެ 22 ވަނަ ދުވަހު އިއުލާނު ކުރާނެ އެވެ. އަދި އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އޭޕްރީލް 16 ވަނަ ދުވަހު އެވެ.