މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކަރެކްޝަންގެ އޮފިސަރުން ގާނޫނުތަކަށް އަހުލުވެރިކުރުވަނީ

Feb 19, 2022

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިދިޔަ ބްރާސްފަތި ދުވަހު ފެށި މި ޕްރޮގްރާމު މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.

ކަރެކްޝަނުން ޕްރޮގްރާމުގެ ބޭނުމަކީ މާފުށީ ޖަލުގައި މަސައްކަތް ކުރާ ހުރިހާ އޮފިސަރުންނާއި މުވައްޒަފުން ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކޮށް، މަސައްކަތު މާހައުލުގައި އެ މައުލޫމާތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ.

މި ޕްރޮގްރާމުގައި މާފުށީ ޖަލުގެ 27 އަންހެން އޮފިސަރުންނާއި 113 ފިރިހެން އޮފިސަރުން ބައިވެރިވެ އެވެ.

މާފުށީ ޖަލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ބައިވެރިންނަށް ގާނޫނާއި ގަވާއިދުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެއްވަނީ ކަރެކްޝަންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސްގެ މުވައްޒަފުންނެވެ.