ފަޒްނާ އަހުމަދު

ޔޫއޭއީގައި ކުރިއަށް ދިޔަ ހާފް މެރަތަންގައި މެޑަމް ފަޒްނާ

Feb 19, 2022
2

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކުރިއަށް ދިޔަ ބައިނަލްއަގްވާމީ ހާފް މެރަތަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންފި އެވެ.

ރާއްޖޭގެ ޓީއެފްޖީ ގުރޫޕްގެ ފަރާތުން ހާފް މެރަތަންގައި ދުވެވަޑައިގެންނެވި ފޮޓޯ މެޑަމް ފަޒްނާ ވަނީ ސޯޝަލްމީޑިއާގައި ހިއްސާކުރައްވާފަ އެވެ.

ރަސް އަލް-ޚައިމާ ހާފް މެރަތަންގެ ނަމުގައި ކުރިއަށް ގެންދިޔަ މެރަތަންގައި 4،000 އެތުލީޓުން ބައިވެރިވެފައިވާއިރު ދުނިޔޭގެ ވަރަށް މަޝްހޫރު ދުވުންތެރިން ވެސް މެރަތަންގައި ދުވެފައިވެ އެވެ.

މީގެތެރޭގައި ޔުގެންޑާ އަށް ނިސްބަތްވާ 2020 ވަނަ އަހަރުގެ ދުނިޔޭގެ ހާފް މެރަތަން ޖެކޯބް ކިޕްލިމޯ އާއި އަލް-ޚައިމާ ހާފް މެރަތަންގެ ކުރީގެ ޗެމްޕިއަން އިތިއޯޕިއާގެ އަބަބެލް ޔަޝަނޭ ހިމެނެ އެވެ.

ހާފް މެރަތަންއެއްގެ ދިގުމިނަކީ 21 ކިލޯމީޓަރެވެ. ރަސް އަލް-ޚައިމާ ހާފް މެރަތަންގެ އެއްވަނަ އަށް 50،000 ދިރުހަމް -- 201،318 ރުފިޔާ ދީފައިވެ އެވެ.

މެޑަމް ފަޒްނާ އަކީ ގަވައިދުން ކަސްރަތު ކުރެއްވުމުގެ އިތުރަށް ރާއްޖޭގައި ބާއްވާ ދުވުމުގެ ހަރަކާތްތަކުގައި އާންމުކޮށް ބައިވެރިވެވަޑައިގެން ދުވެވަޑައިގަންނަވާ ބޭފުޅެކެވެ.