ދުނިޔެ

އީރާންގެ ރައީސް ގަތަރަށްްް

އީރާންގެ ރައީސް، އިބްރާހީމް ރައީސީ މާދަމާ ގަތަރަށް ވަޑައިގަންނަވާނެ އެވެ. ދައުލަތުގެ މީޑިއާ އިސްލާމިކް ރިޕަބްލިކް ނިއުސް އޭޖެންސީ (އައިއާރުއެންއޭ) ބުނި ގޮތުން ރައީސީއާ އެކު މަތީ ފެންވަރުގެ ވަފުދެއް ވެސް ގަތަރަށް ވަޑައިގަންނަވާނެ އެވެ.

އިބްރާހީމް ރައީސީ ގަތަރަށް ވަޑައިގަންނަވަނީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްސާނީގެ ރަސްމީ ދައުވަތަކަށެވެ. ޚަބަރުތައް ބުނާ ގޮތުން އީރާނާއި ގަތަރާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ އެވެ.

އީރާންގެ ނޫސްތަކުން ބުނާ ގޮތުން ގަތަރުގައި ދިރިއުޅޭ އީރާން ރައްޔިތުންނާ ރައީސީ ބައްދަލު ކުރަައްވާނެ އެވެ. އަދި ދެ ގައުމުގެ ވިޔަފާރިވެރިންނާ ވެސް ބައްދަލު ކުރައްވާނެ އެވެ.

ގަތަރާއި އީރާން އަކީ ވަރަށް ގާތް ދެ ގައުމެވެ. ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރި ނަމަވެސް، އެއްބަސްވުންތަކާ ބެހޭ ގޮތުން މީޑިއާއަށް އަދި މައުލޫމާތު ހާމަކޮށްފައި ނުވަނީ ވާދަވެރިންގެ މަސްލަހަތު އޮތުމުން ކަމަށް ބެލެވެ އެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމަކީ މުޅި މެދުއިރުމައްޗަށް އޮތް ކަންބޮޑުވުމެއް ނަމަވެސް އެކަމުގައި ގަތަރު ދެކޭ ގޮތް މުޅިން ސާފެއް ނޫނެވެ. އެހެން ނަމަވެސް މިކަމާ މެދު ދެ ގައުމުން ވަކި ގޮތެއް ނިންމައިގެން ތިބުމަކީ ވެސް އޮތް ގޮތެކެވެ.

އެމެރިކާ އާއި ބައިވެރިން އީރާނަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތައް ލުއިކުރުމުގައި ގަތަރުން މަޝްވަރާ މޭޒު ދޮށަށް ދާން ގޮވާލާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ އަޑި ނޭނގޭހާ ހިނދު މިގޮވާލުމުގައި އާރުލާނެ ކަމަކަށް ނުބެލެވެ އެވެ.

ގަތަރުން އިރާންއާ މާ ގާތްވުމަކީ މެދުއިރުމަތީ އަރަބި އެހެން ގައުމުތަކަށް މައްސަލައަކަށް ވާނެ އެވެ. އީރާނާ އެކު ގުޅުން ގާތް ނުކުރުމަށް އަރަބި ގައުމުތަކުން އޮތީ ގަތަރަށް ގޮވާލާފަ އެވެ.

ރައީސީ ގަތަރަށް ވަޑައިގެން ގަތަރުގެ އަމީރާ ބައްދަލު ކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ހުރި މަޝްވަރާތައް ފުރިހަމަ ކުރައްވާނެ އެވެ.