ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިނގިރޭސި ރާނީ

ރާނީ ކޮވިޑަށް ޕޮޒިޓިވް، ރައީސް ހެޔޮ ދުއާ ފޮނުއްވައިފި

Feb 20, 2022
1

އިނގިރޭސި ރާނީ އެލިޒަބަތް-2 ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަމަނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހެޔޮ ދުއާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ޓްވިޓާ މެދުވެރިކޮށް ރައީސް ފޮނުއްވެވި ހެޔޮ ދުއާގެ މެސެޖްގައި ދިވެހިރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ރާނީއަށް އަވަހަށް ޝިފާއަށް އެދިވަޑައިގެން ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާނީއަށް ކޮވިޑް ޖެހިވަޑައިގަތުމުން އެކަމަނާ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ.

އިނގިރޭސި ރާނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ބަކިންހަމް ޕެލެސް އިން ހާމަކުރީ މިއަދު އެވެ. ބަޔާނެއް މެދުވެރިކޮށް ބުނީ ކޮވިޑަށް ޕޮޒިޓިވް ނަމަވެސް ރާނީގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި އެކަމަނާގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އުމުރުފުޅުން 95 އަހަރުފުޅުވެފައިވާ ރާނީ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ގައުމުތަކުގެ ވެރިން ގެންދަވަނީ ހެޔޮ އެދުމުގެ މެސެޖްތައް ފޮނުއްވަމުންނެވެ.