ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ތައުޒިޔާ ރާނީގެ އާއިލާއަށް

Sep 8, 2022
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (ކ)ގައި އަދި އިނގިރޭސި ރާނީ އެލިޒަބަތު
0%
0%
0%

އިނގިރޭސި ރާނީ އެލިޒަބަތު އަވަހާރަވުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާނީ އެލިޒަބަތު އަވަހާރަވި ހަބަރު އެއްސެވީ ފުންހިތާމައާ އެކު ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާނީ އެލިޒަބަތަކީ ވަފާތެރިކަމާއި ގާބިލްކަމާ އެކު ގައުމީ ހިދުމަތެއް ކުރެއްވި ވިދުންގަދަ ނަމޫނާއެއް ކަމަށެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި އިނގިރޭސިވިލާތުގެ ޝާހީ އާއިލާއާއި އެ ގައުމުގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން ރައީސް ސޯލިހް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

ރާނީ އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ރައީސް ސޯލިހް ވަނީ ނިންމަވާފަ އެވެ.

އިނގިރޭސި ރާނީ އެލިޒަބަތު II އުމުރުފުޅުން 96 އަހަރުގައި މިއަދު އަވަހާރަވިކަން ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލަސް އިން ވެސް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ރާނީ އަވަހާރަވުމުގެ ހިތާމަ ގައުމީ ފެންވަރުގައި 10 ދުވަހަށް ދިގު ދަންމާލުމަށް އިނގިރޭސި ދައުލަތުން ވަނީ ނިންމާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910