ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާނީގެ ޖަނާޒާއަށް ރައީސް ސޯލިހް އިނގިރޭސިވިލާތަށް

Sep 13, 2022
3
އިނގިރޭސި ރަސްގެފާން ޗާލްސް (ކ)ގައި އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް. އިނގިރޭސި ރާނީ އަދި ޗާލްސްގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހް އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައި
100%
0%
0%

އިނގިރޭސި ރާނީ އެލިޒަބަތު IIގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވަނީ އަވަސް އަށް މިކަން ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް ރައީސް ފުރާވަޑައިގަންނަވާނެ ވަކި ދުވަހެއް ވިދާޅުވެފައެއް ނުވެ އެވެ.

ރާނީ އެލިޒަބަތު || މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހް ވަނީ ތައުޒިޔާގެ މެސެޖެއް ރާނީގެ އާއިލާއަށް ފޮނުއްވާފަ އެވެ.

މެސެޖުގައި ރައީސް ވިދާޅުވީ ރާނީ އެލިޒަބަތަކީ ވަފާތެރިކަމާއި ގާބިލްކަމާ އެކު ގައުމީ ހިދުމަތެއް ކުރެއްވި ވިދުންގަދަ ނަމޫނާއެއް ކަމަށެވެ.

ރާނީ އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ރައީސް ނިންމެވި އެވެ.

ރާނީ އެލިޒަބަތު ފަސްދާނުލުން އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު ލަންޑަންގަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުބީނު މާރނީ

ބޭރުގަ ވަރަށް މީރު ބުޔުންތައް ހުންނާތީއޭ ރަށުން ބޭރަށް އެހާ އިބޫ ދާހިތް ވަނީ ރަށުތެރޭގަ ކިޔާ އުޅޭ.

ޅަހުއްތު

ކުރާނެ ކަމެއްނެތިފަ ހުއްނަމީހާ، ކިހާފަސޭހަ

ޝާމް

ދަތުރަކު ބޭރައް ދެވެން އޮތިއްޔާ އެއްކަލަ ސޯލިހަކަށް ކެތެއްނުވާނެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910