އައިޖީއެމްއެޗް

ފައިބްރޯ ސްކޭން މެޝިނެއް އައިޖީއެމްއެޗަށް ހަދިޔާކޮށްފި

Feb 21, 2022

ހެލްތު މިނިސްޓްރީގެ ފަރާތުން ފައިބްރޯ ސްކޭން މެޝިނެއް އައިޖީއެމްއެޗްއާ ހަވާލުކޮށްފި އެވެ.

ފައިބްރޯ ސްކޭން މެޝިނަކީ ރާއްޖޭގައި ވައިރަލް ހެޕަޓައިޓިސް (ހެޕަޓައިޓިސް ބީ އަދި ސީ)ގެ ފަރުވާގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ހެޕަޓައިޓިސް ބީ އަދި ސީގެ ފަރުވާގެ ފެންވަރު މަތިކުރުމަށްޓަކައި ބޭނުން ކުރާ މެޝިނެކެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ އެ މެޝިނަކީ ފައިބްރޯ ސްކޭންގެ ހިދުމަތް ގާއިމުކުރުމަށް ޑަބްލިއުއެޗްއޯ އިން ހެލްތު މިނިސްޓްރީ އަށް ހަދިޔާކޮށްފައިވާ މެޝިނެއް ކަމަށެވެ.

ވައިރަލް ހެޕަޓައިޓިސް އަށް ބޭސް ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން އާސަންދައިގެ ދަށުން، މިހާރު ދަނީ ބޭސް ފޯރު ކޮށްދެމުންނެވެ.

ބަލި ދެނެގަތުމަށާއި ފަރުވާގެ ކަންކަން ފުރިހަމައަށް ގެންދިއުމަށްޓަކައި ބޭނުންވާ އެކި ވަސީލަތްތަކާ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ކުރަމުންދާ ކަމަށްވެސް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.