ހަބަރު

ޕީޕީއެމްގެ މީޑިއާ ކޯޑިނޭޓަރު ކަމަށް ފާރިޝް މައުމޫން

Jan 20, 2015

ޕީޕީއެމްގެ މީޑިއާ ކޯޑިނޭޓަރުގެ މަގާމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދޮށީ ދަރިކަލުން ފާރިޝް މައުމޫން އައްޔަން ކޮށްފި އެވެ.

އެ މަގާމަށް ފާރިޝް ހަމަޖައްސާފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ ކައުންސލްގެ ޖަލްސާއެއްގަ އެވެ.

ޕީޕީއެމްގެ ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ މެންބަރަކު ވިދާޅުވީ އިކްނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާރިޝް އެ މަގާމަށް ހަމަޖެއްސެވި ނަމަވެސް ޕާޓީގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން މީޑިއާ ކޯޑިނޭޓަރަކީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުގެ ބަދަލުގައި ޕާޓީގެ މީޑީއާގުޅޭ ކަންކަމުގެ ޕޮލިސީ ކަނޑައަޅައި އެކަންކަން ވިލަރެސް ކުރުމުގެ އެންމެ އިސްވެރިޔާ ކަމަށެވެ.

"މީޑިއާ ކޯޑިނޭޓަރު ނޫސްވެރިންނާ ކުރިމައްޗެއް ނުލައްވާނެ، ޕޮލިސީ ކަނޑައަޅައި މީޑިއާ އާ ގުޅޭ ކަންކަން ރޭއްވުމުގައި އުޅުއްވާނީ. މީޑީއާއާ ކުރިމަތިލައްވާނީ ޕާޓީގެ ތަރުޖަމާނު،" އެ އޮފިޝަލު ވިދާޅުވި އެވެ.

ޕީޕީއެމްގެ އަސާސީ ޤަވައިދު ބުނާގޮތުން އެޕާޓީގެ މީޑިއާ ސިޔާސަތު ކަނޑައަޅާ ކޮމިޓީ އެއް އޮންނަން ޖެހެއެވެ. އަދި އެކޮމިޓީގައި މީޑިއާ ކޯޑިނޭޓަރެއް ހުންނަން ޖެހެ އެވެ.