ދުނިޔެ

ރަމަދީ ހިފުމުގެ މަސައްކަތް އިރާގުން ފަށައިފި

ހައްދު ފަހަނައަޅާފައިވާ ޖަމާއަތް، އައިސިސްގެ ބާރުގެ ދަށުގައި އޮތް އިރާގުގެ އަވަށެއް ކަމަށްވާ ރަމަދީ ހިފުމުގެ މަސައްކަތް އިރާގުން ފަށައިފިއެވެ.

އިރާގުގެ ކައުންޓަރ ޓެރަރިޒަމް ޔުނިޓުގެ ތަރުޖަމާނު ސޮބާހް އަލް ނޫމާނީ ރައުޓާސް އަށް ވިދާޅުވީ އަންބާރް ޕްރޮވިންސްގ ެވެރިރަށް ކަމުގައިވާ ރަމާދީ ހިފުމުގެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާ ކަމަށެވެ.

ރަމަދީ ހިފުމަށް އިރާގު ސިފައިން މި ހާއްސަ އޮފަރޭޝަން ފެށުމުގެ ކުރިން ސަރުކާރުން ވަނީ އެއަވަށުގައި ދިރިއުޅޭ އާންމުން އެއަވަށް ދޫކޮށް ދިއުމަށް 72 ގަޑި އިރުގެ މުހުލަތެއް ދީފައެވެ. އަދި ރައްކާތެރި ކަމާއެކު އެއަވަށް ދޫކޮށް ދެވޭނެ މަގު ދައްކައިދޭ ލީފްލެޓްތަކެއްވެސް ވަނީ ބަހާފައެވެ. އެހެން ނަމަވެސް އެއަވަށް ދޫކޮށް މަސައްކަތް ކުރި މީހުންނަށް އައިސިސް އިން ހުރަސް އަޅާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އޮޕަރޭޝަންގައި ވައިގެ މަގުންނާއި އެއްގަމު މަގުން އިރާގު ސިފައިން ހަމަލާދޭނެއެވެ.

އިރާގުން ރަމަދީ ހިފުމުގެ މަސައްކަތް ފެށިއިރު ރަމަދީގައި، އައިސިސްގެ ހަނގުރާމަ ވެރިއަކު ކާރުގައި ބޮމެއް ހަރުކޮށް ޖާނުން ފިދާވެެގެން ދިން ހަމަލާއެއްގައި 14 މީހުންވަނީ މަރުވެފައެވެ.

އިރާޤު އަސްކަރިއްޔާ އިން ބުނީ ލަފާކުރާ ގޮތުގައި ރަމާދީގައި އައިއެސްގެ 250 އާއި 300 އާއި ދެމެދުގެ އަދަދަކަށް ހަނގުރާމަވެރިން ތިބޭނެއެވެ.