ދުނިޔެ

ފްރާންސްގައި އައިއެސްއިންް ބަޔަކު ރަހީނުކޮށް ދެމީހުން މަރާލައިފި

ފްރާންސްގެ ދެކުނުގެ ޓްރެބާގެ ސުޕަމާކެޓެއްގައި ހަތިޔާރު އަޅައިގެން ހުރި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިޔަކު ބަޔަކު ރަހީނުކޮށްފި އެވެ.

"ސުޕަ ޔޫ ޝޮޕް" ނަމަކަށް ކިޔާ އެ ސުޕަމާކެޓްގައި ފްރާންސްގެ އެލީޓް ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް ފްރާންސް 24 ނޫސް އެޖެންސީން ބުންޏެވެ.

އެތަނުގައި ހުރި ހަނގުރާމަވެރިޔާ ޑިމާންޑް ކުރަމުން ދަނީ ޕެރިހަށް ކުރިން ދިން ހަމަލާއަކާ ގުޅިގެން ހައްޔަރުކޮށްގައިވާ އަބުދުއް ސަލާމް މިނިވަން ކުރަން ކަމަށް ވެސް އެ ޖެންސީން ބުންޏެވެ. ސުޕަމާކެޓް ތެރޭގައި ރަހީނުވެފައި ތިބި މީހުންގެ ތެރެއިން ދެމީހަކު މިހާރު ވަނީ މަރުވެފައެވެ. ހަމަލާތަކުގައި އެކަކު މަރުވެފައިވާ ކަމަށްވެ އެވެ. ފްރާންސްގެ ބޮޑު ވަޒީރު އެޑުއާޑް ފިލިއްޕެ ވިދާޅުވީ ހާލަތު ވަރަށް "ސީރިއަސް" ކަމަށެވެ.

ފްރާންސްގައި 2015 ވަނަ އަހަރުގެ ފަހުން ގިނަ ހަމަލާތަކެއް ވަނީ ދީފަ އެވެ. ނޮވެމްބަރު 2015 ގައި ޕެރިހުގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި 130 މީހުން މަރުވި އެވެ. އެހާދިސާއާ ގުޅިގެން ފްރާންސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއެވެ.