ސްޓެލްކޯ

ސްޓެލްކޯގެ ސޭވް އެނާޖީ ކެމްޕޭންގެ ދަށުން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

Feb 24, 2022

ސްޓެލްކޯ އިން ކުރިއަށް ގެންދާ "ސޭވް އެނާޖީ ކެމްޕެއިން"ގެ ދަށުން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފި އެވެ.

ސޭވް އޭނާޖީ ކެމްޕޭނަކީ މި އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރާއި ދިމާކޮށް، ކަރަންޓު އިގްތިސާދު ކުރުމަށް ބާރު އެޅުމުގެ ގޮތުން ސްޓެލްކޯ އިން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

ސްޓެލްކޯގެ ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާ ހަވީރު 4:30 އިން އިރުއޮއްސި 6:30 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގަ އެވެ.

ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު އެކި ހަދިޔާތަކާއެކު ކުރިއަށް ގެންދާ ކުޅިވަރުތަކުގެ އިތުރުން، ރޮބޯމޭންގެ ހުށަހެޅުންތަކާއި، އޭނާޖީ ސޭވިން އެލްއީޑީ ބޮކި ހަވީރުގެ ތެރޭގައި ބަހާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

އެނާޖީ ސޭވިން ކެމްޕޭންގެ ދަށުން ކަރަންޓް އިގުތިސާދު ކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ބާއްވައި މޮޅުވާ ފަރާތަކަށް ފައިސާގެ އިނާމު ދިނުމާއި ސޯޝަލް މީޑިއާގައި ހޭލުންތެރިކަން އިތުރުކުރުމާއި އައުޓްޑޯ ބިލްބޯޑުތަކެއް ބެހެއްޓުމާއި އަދި ސްޓެލްކޯގެ މާޓީވީގެ ބޮޑު ސްކްރީނުގައި ހޭލުންތެރިކުރުވުމަށް ކުލިޕްތަކެއް ދެއްކުން ވެސް ހިމެނެ އެވެ.