ޔުކްރޭނަށް ރަޝިއާ އަރައިގަތް މައްސަލާގައި ދަތި ކުރުމުގެ ފިޔަޅަޅުތައް އެމެރިކާ އާއި އިނގިރޭސިވިލާތުން ފުރަތަމަ އަމާޒުކުރީ ރަޝިއާއަށެވެ. ރަޝިއާގެ ބޭންކްތަކަށާއި ކުންފުނިތަކަށް އަދި ރަސްމީ އެއާލައިން، އެއޮރޮފްލޮޓަށެވެ.
އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާ ވަކިވަކި ފަރުންދުންގެ ލިސްޓްގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަދި ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވެސް ވަނީ މިހާރު ހިމަނާފަ އެވެ.
ޓްރެޒަރީ ޑިޕާޓްމަންޓުން ބުނީ ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރުން ވެސް ލިސްޓްގައި ހިމަނާފައިވާ ކަމަށެވެ.
ޓްރެޒަރީ ސެކްރެޓަރީ ޖެނެޓް ޔެލަން ވިދާޅުވި ގޮތުން އެމެރިކާ އާއި ބައިވެރިން ކިޔާނީ އެކައްޗެކެވެ. އޭނާ ވިދާޅުވީ އަމާޒަކީ ރަޝިއާ ބަނގުރޫޓް ކޮށްލުން ކަމަށާއި ޕޫޓިންގެ ސަރުކާރުގައި ނުފޫޒުގަދަ ހުރިހާ ވެރިންނާ ހިސާބަށް އެމެރިކާ ދާނެ ކަމަށެވެ.
ސިޔާސީ މަޝްރަހުގައި ބުނެވޭ ގޮތުން ޕޫޓިންއަށް އެމެރިކާ ފިޔަވަޅު އެޅީ ރަޝިއާގެ ރައީސަށް ވާތީ އެވެ. އެ މަގާމު ޕޫޓިންއަށް ގެއްލޭ ދުވަހަކުން އެމެރިކާ ކަންތައްކުރާނެ ގޮތެއް އަދި ނޭނގެ އެވެ.
ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް އަކީ ވަރަށް ގިނައިން އެމެރިކާއާށް، ނިއުޔޯކަށް ދަތުރުކުރައްވާ ބޭފުޅެކެވެ. އެއީ އދ. ގެ މަޖިލީސްގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ލަވްރޯފްއަށް ދަތިކުރުންތައް އެމެރިކާ އަމާޒުކުރި ނަމަވެސް ނިއުޔޯކަށް ވަޑައިގަތުމަށް ލަވްރޯފަށް ހުރަހެއް ނެތެވެ. އެހެން ނަމަވެސް މަޝްރަހު އޮމާން ނުވުމަކީ އުންމީދު ކުރެވިދާނެ ކަމެކެވެ.