ހަބަރު

ޗައިނާ ސަރުކާރުން ފުލުހުންނަށް 051 ސައިކަލް ހަދިޔާ ކޮށްފި

Jan 20, 2015

ޗައިނާ ސަރުކާރުން ދިވެހި ފުލުހުންނަނަށް 150 ސައިކަލް ހަދިޔާކޮށްފި އެވެ. 

މިއަދު ހެނދުނު ޗައިނާ އެމްބަސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފުލުހުންނާ ސައިކަލްތަކުގެ ތަޅުދަނޑިތައް ހަވާލު ކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންފު ކާން އެވެ. ފުލުހުންގެ ފަރާތުން ސައިކަލްތަކާއި ހަވާލުވެވަޑައިގެންނެވީ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދެވެ.