ރާއްޖެ ކުޅިވަރު

ވެލެންސިއާގެ ލަންކާ ޑިފެންޑަރު މަރުވެފައި ހުއްޓާ ފެނިއްޖެ

Feb 26, 2022
1

ރާއްޖޭގެ ކްލަބް ވެލެންސިއާ އަށް ކުޅޭ ބިދޭސީ ކުޅުންތެރިޔަކު ދަންޖެހި މަރުވެފައި ހުއްޓާ ފެނިއްޖެ އެވެ.

ވެލެންސިއާގެ އޮފިޝަލަކު ޔަގީންކޮށްދިން ގޮތުގައި މަރުވެފައިވަނީ އެ ޓީމަށް ކުޅޭ ލަންކާގެ ޑިފެންޑަރު ޑަކްސަން އެވެ.

ލަންކާގެ ގައުމީ ޓީމަށްވެސް ކުޅޭ ޑަކްސަން ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ.

ފުލުހުންގެ ސަމާލު ކަމަށް މައްސަލަ ގެނެސްފައިވާތީ އިތުރު މައުލޫމާތު އޮފިޝަލް ހިއްސާކޮށްފައެއް ނުވެ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ މިއަދު ހަވީރު ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޑަކްސަން ފެނިފައެއް ނުވެ އެވެ.

މިއަހަރުގެ ސީޒަންގައި ވެލެންސިއާ ހޯދަމުންދާ ކާމިޔާބާއި ކުރިއެރުންތަކުގައި ޑަކްސަން އަކީ މުހިއްމު ކުޅުންތެރިޔެކެވެ.

އުމުރުން 31 އަހަރުގެ ޑަކްސަން މިދިޔަ ސީޒަންގައި ކުޅެފައިވަނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބަށެވެ.