ބަރުދަން ލުއި ކުރުން ގިނަ ބަޔަކަށް ވެފައި އޮންނަނީ ވޭނަކަށެވެ. އެކަމަކު ބަރުދަން ލުއިކުރަން ކޮންމެ މީހަކު ވެސް ބޭނުންވެއެވެ. ނަމަވެސް ކަސްރަތުކޮށް ކުޅިވަރު ކުޅުމަކީ ގިނަ ބަޔަކަށް އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. އެއަށްވުރެ މީހާ ކަންނެތީ ކަމަށް ވެސް ވެދާނެއެވެ. ކަސްރަތު ނުކޮށް ނުވަތަ ޑައެޓް ނުކޮށް ވެސް ބަރުދަން ލުއި ކުރުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ.
ބަރުދަން ލުއި ކުރަން ބޭނުންވެފައި ނަމަވެސް ނަތީޖާ ހާސިލުވެފައިނުވާ ފަރާތްތަކަށް ތިރީގައި މިވާ ހަތަރު ކަންތައް ކޮށްލެއްވިދާނެ އެވެ.
1 - ކޮންމެ ގަޑިއެއްގެ ކެއުމުގެ ކުރިން ދެ ޖޯޑު ފެން ބުއިން
ކޮންމެ ގަޑިއިރެއްގެ ކެއުމުގެ ދެ ޖޯޑު ފެން ބުއިމަށް އާދަ ކުރާށެވެ. ކެއުމުގެ 15 މިނެޓް ކުރިން ދެ ޖޯޑު ފެން ބޮއެފިނަމަ އެއިން ތިމާއަށް ފައިދާތަކެއް ކުރެއެވެ. މީގެ ސަބަބުން ތިމާގެ މެޓަބޮލިޒަމް އިތުރުކޮށްދެ އެވެ. ކާނާ ރަނގަޅަށް ހަޖަމްކޮށްދެ އެވެ. ކާނާ ރަނގަޅަށް ހަޖަމްކޮށްދޭއިރު ކާނާ ފެޓްސްއަށް ބަދަލުވުން ވެސް ދުރުކޮށް ދެއެވެ.
2 - ހެނދުނުގެ ނާސްތާގެ ކުރިން ހޫނު ފެންތައްޓެއް ބުއިން
ހެނދުނު ހުސްބަނޑާހުރެ ހޫނު ފެންތައްޓެއް ބޯލާށެވެ. ހުސް ފެންތައްޓެއް ވެސް ރަނގަޅެވެ. ނަމަވެސް އެންމެ ރަނގަޅީ ކުޑަ ލުނބޯ ހުތް ކޮޅަކާއި މާމުއި ކޮޅަކާ އެކު ބޯލުމެވެ. މިއީ ކާނާ ހަޖަމްކޮށްދިނުން ރަނގަޅު ފަރުވާއެކެވެ.
3 - ކާނާ ރަނގަޅަށް ހަފައިގެން ކެއުން
ދިރިއުޅުން ހުންނަ ގޮތުން ގިނަ ފަހަރަށް ކާން ޖެހެނީ އަވަސް އަރުވާލައިގެންނެވެ. އެހެންކަމުން ކާނާ ރަނގަޅަށް އޮންނަނީ ނުހެފިފައެވެ. ނަމަވެސް ކާ އެއްޗެހި ރަނގަޅަށް ހަފައިގެން ކެއުމަކީ މުހިންމު ކަމެކެވެ. ކޮންމެ ކާނާއެއް ވެސް 20-30 ފަހަރު ހަފައިފިނަމަ އެ ކާނާއެއް ފެޓްސްއަށް ބަދަލެއް ނުވާނެއެވެ.
4 - ކާފުރުތޮޅި އަދި މާމުއި އެކުލެވޭ ބުއިމެއް
ގާތްގަނޑކަށް 200 އެމްއެލްގެ ހޫނު ފެނަށް އެއް ސައިސަމުސާ މާމުއި އަދި ބައި ސައިސަމުސާ ކާފުރުތޮޅި އަޅާށެވެ. މިއީ ހަށިގަނޑުން ފެޓްސް މަދުކުރުމަށް އެހީތެރިވެދޭނެ ބުއިމެކެވެ. މި ބުއިމުގެ އެއް ބައި ނިދަން އޮށޯނަމުން ބޯށެވެ. އަދި އަނެއް ބައި ހެނދުނު ގަޑީގައި ބޯށެވެ. ބުއިން ބަހައްޓަން ވަނީ ފްރިޖެއްގަ އެވެ.
މި ހަތަރު ކަންތައް ފުރިހަމަ ކުރާނަމަ ހަފުތާއެއް ތެރޭގައި ތިމާގެ ހަށިގަނޑުން ތިން ކިލޯގްރާމް ލުއިވެގެންދާނެ އެވެ.