މިފްކޯ

ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް މިފްކޯ އިން ފަށައިފި

Feb 27, 2022

ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް މިފްކޯ އިން ފަށައިިފި އެވެ.

މިއަހަރުގެ ޕްރޮމޯޝަން "އެންމެ މީރު"ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މެއި 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ ޕްރޮމޯޝަންގައި އެއްވަނަ ލިބޭ ނަސީބުވެރިޔަކަށް ދޭން ނިންމާފައިވަނީ ނަގުދު ފައިސާ އިން އެއްލައްކަ ރުފިޔާ އެވެ.

ކޮންމެ ހަފުތާއަކު ހޮވާ ނަސީބުވެރިޔަކަށް 5،000 ރުފިޔާގެ ވިޔަފާރި ކުރެވޭ ބީއެމްއެލްގެ ގިފްޓް ކާޑެއް ދިނުމަށްވެސް މިފްކޯ އިން ނިންމާފައިވެ އެވެ.

ޕްރޮމޯޝަންގައި ބައިވެރިވެވޭނީ މިފްކޯގެ މަސް ފިހާރަތަކުން 200 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރިކޮށްގެންނެވެ.

މިފްކޯ އިން ދޫކުރާ ކިއުއާރް ކޯޑް ސްކޭން ކުރުމަށްފަހު ޕްރޮމޯޝަނަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލަކުން ހުށަހެޅުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.

މިފްކޯ އިން ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަންތަކަށް ލިބޭ ތަރުހީބު މިއަހަރު ވެސް ލިބޭނެ ކަމަށް އެ ކުންފުނިން އުއްމީދު ކުރެ އެވެ.