އެކްސްޕޯ މޯލްޑިވްސް 2015

އެކްސްޕޯ މޯލްޑިވްސް ރައީސް ހުޅުވައި ދެއްވައިފި

Dec 22, 2015

ރާއްޖެގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު "އެކްސްޕޯ މޯލްޑިވްސް" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި މައަުރަޒު ހުޅުއްވައިދެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ. މަޢުރަޒު ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާވަނީ މަޢުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

އެކްސްޕޯ މޯލްޑިވްސްގައި މިފަހަރު 85 ސްޓޯލް ބަހައްޓާފައިވާއިރު މި ސްޓޯލްތައް ބަހާލާފައި ވަނީ 38 ބަޔަކަށެވެ. އެކްސްޕޯގައި ތަފާތު ވައްތަރުގެ ދިވެހި ފަރުމާތަކާއި ދިވެހިންގެ ސަގާފަތް ދައްކުވައިދޭ ކުޅިވަރުތަކާއި މަސައްކަތްތައް ވަނީ ހިމަނާފައިވެއެވެ.

އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު މި ބޭއްވުނީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މައުރަޒުން ވަނަ ވަނައަށް އައި ފަރާތްތަކަށް މިރޭ ވަނީ އިނާމު ވެސް ދީފައެވެ.