މުހައްމަދު ސައީދު

ސިނާއީ ސުލްހަ ގާއިމުކުރާނީ ރައީސް ޔާމީން: ސައީދު

މިނިސްޓަރު މުހައްމަދު ސައީދު
0%
0%
0%

ރާއްޖެ ދެކެން ބޭނުންވާ އިގްތިސޯދީ އަޖައިބުގެ މޭސްތިރިއަކަށްވާނީ އަދި ރާއްޖޭގައި ސިނާއީ ސުލްހަ ގާއިމުކުރާނެ ވެރިޔަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެކްސްޕޯ މޯލްޑިވްސް ހުޅުވުމަށްފަހު އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީންގެ އިގްތިސޯދީ ސިޔާސަތުތަކަށް ތައުރީފު ކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި ގާއިމުކުރަން ބޭނުންވާ ސުލްހައާއި އަހްލާގު ގާއިމުކޮށްދޭނެ ވެރިޔަކީ ރައީސް ޔާމީން ކަމަށެވެ.

"ސިނާއީ ސުލްހަ ގާއިމުކުރާނެ ހަމަ ގައިމުވެސް މި ޒަމާނުގެ ވަރިޔަކީ ރައީސް ޔާމީން،" ސައީދު މިއަދުގެ ސަރުކާރުން ހާސިލުކުރަން ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމަކީ އަމާޒެއް ކަމަށެވެ.

ރާއްޖެ ދެކެން ބޭނުންވާ އިގްތިސޯދީ އަޖައިބުގެ މޭސްތިރިއަކަށް ވާނީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދިވެހި ސަރުކާރާއެކު، ރައީސް ޔާމީންގެ ވިޝަނަރީ ލީޑަޝިޕްގެ ދަށުން ގައުމީ އުފެއްދުންތެރިކަމަށް ބިނާކުރެވެނި ގޮތެއްގައި ކުރިއެރުން ހޯދޭނެ ކަމަށާއި ޒުވާނުންނާއި އުފެއްދުންތެރި ވިޔަފާރިވެރިން ބިޒީވެގެން އެކަން ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުފެއްދުންތެރިކަން ފެންނަމުން މިދަނީ ދުވަހުން ދުވަހަށް ކުރިއަރަމުންދާތަން،" ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ލަގްޒީ ޓޫރިސްޓް ރިސޯޓްގެ ޗެމްޕިއަން ކަމަށާއި ލަގްޒަރީ ރިސޯޓްތަކަށް ދިވެހި އުފެއްދުންތައް ނުވިއްކެންވީ ސަބަބެއް ނެތް ކަމަށެވެ.

"މާކެޓް ނުކުރެވެންވީ އެއްވެސް ސަބަބެއް އޮތް ކަމަކަށް މި ސަރުކާރުން ގަބޫލެއް ނުކުރޭ، މިކަން ހާސިލުވާނެ ކަމާމެދު ޝައްކެއް ނުކުރަން،"

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345