މިނިސްޓަރު އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުގެ ނައިބުގެ މަގާމުގައި ހުންނެވި ގދ. ތިނަދޫ ޑެން، މުހައްމަދު ނާސިހް ރަޝީދު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަނު ކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ނާސިހް ހަމަޖެއްސެވީ މިއަދު ކަމަށެވެ. ނާޝިހު ވަނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމާއި އެ ކައުންސިލުގެ މެންބަރެއްގެ މަގާމުވެސް ފުރުއްވާފައެވެ.
އޭނާ ގެންދަނީ ބެޗެލާ އޮފް ޝަރިއާ އެންޑް ލޯ ކިޔަވަމުންނެވެ. މީގެ ކުރިން ނާޞިހް ވަނީ ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި އެޑްވާންސް ސެޓިފިކެޓް އިން ޔޫތް ޑިވެލޮޕްމަންޓާއި އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްތާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމްގެ ކޯހެއް ވެސް ފުރިހަމަ ކޮށްފައެވެ.