ޔޫރަޕިއަން ޔޫނިއަންގެ ވައިގެ ސަރަހައްދު ރަޝިއާ ފްލައިޓްތަކަށް ބަންދުކުރައްވާނެ ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސެލާ ވޮން ޑާ ލޭޔަން ވިދާޅުވެއްޖެ އެވެ.
އޭނާ އަދި ވިދާޅުވީ ރަޝިއާގެ ރަސްމީ ޚަބަރު ފަތުރާ ވަސީލަތްތައް ވެސް ޔޫރަޕްގައި ބަންދު ކުރައްވާނެ ކަމަށާއި ރަޝިއާއާ އެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން ބެލަރޫސްއަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ވޮން ޑާ ލޭޔަން ވިދާޅުވި ގޮތުން ޔޫރަޕުން މީގެ ކުރިން ދުވަހަކު ގައުމަކަށް ނުދެއްވާ ޒާތުގެ އެހީތައް ޔުކްރޭނަށް ދެއްވާނެ ކަމަށެވެ. އަދި ހަތިޔާރު ގަނެގެން ގެންގޮސް ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ އަދި ވިިދާޅުވީ މުޅި ޔޫރަޕް އޮތީ އެއް ރޫހެއްގައި ކަމަށާއި މުޅި ޔޫރަޕް އެކަތިގަނޑަކަށް ވެއްޖެ ކަމަށެވެ.