ދުނިޔެ

އީލޮން މަސްކް ޔުކްރޭނަށް އިންޓަނެޓް ދެނީ

ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކްގެ ސްޓާލިންކް ސެޓެލައިޓްތަކުން ޔުކްރޭންށް އިންޓަނެޓް ދޭން ފަށައިފި އެވެ. އޭނާ ވަނީ މިކަން ކަށަވަރުކޮށް ދެއްވާފަ އެވެ.

އީލޮން މަސްކް ޓެގްކުރައްވައި ޔުކްރޭން ބޮޑުވަޒީރުގެ ނައިބު އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން މިނިސްޓަރު، އީލޮން މަސްކްގެ ކިބައިން ސްޓާލިންކް އިންޓަނެޓަށް ވަނީ އެދިވަޑައިގެންފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން ރަޝިއާގެ އަސްކަރީ ފައުޖުތަކުން ޔުކްރޭންގެ އިންޓަނެޓަށް ވަނީ ބުރޫއަރުވާފަ އެވެ.

ޖަވާބުގައި މަސްކް ވިދާޅުވީ ޔުކްރޭނަށް ސްޓާލިންކް މިހާރު ލިބޭނެ އެވެ. އަދި ރިސީވަރުތައް ވެސް ލަސްތަކެއް ނުވެ ލިބޭނެ އެވެ.

ސްޓާލިންކް ސެޓެލައިޓްތައް މިހާރު ދުނިޔޭގެ ވަރަށް ބޮޑުބައި ކަވަރުކުރެ އެވެ. އީލޮން މަސްކު އުންމީދު ކުރައްވަނީ 12،000 ސެޓެލައިޓުން މުޅި ދުނިޔެ ގަތާލައި ދުވެލި ބާރު އިންޓަނެޓް ޖީބަށް ލުއި އަގެއްގައި އާންމުންނަށް ފޯރުކޮށް ދެއްވުމަށެވެ.