ރަޝިޔާ

ރަޝިއާގެ ވައިގެ ސަރަހައްދު 36 ގައުމަކަށް ބަންދު

ރަޝިއާއިން ޔުކްރޭނަށް އަރައިގަތް މައްސަލާގައި އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕް ފަދައިން އެމެރިކާ ބަސްއަހާ ހުރިހާ ގައުމަކުން އޮތީ ރަޝިއާއާ ދެކޮޅަށެވެ.

ރަޝިއާއަށް ދަތިކުރަން ދުނިޔެ ދަންނަ ހުރީ ފިޔަޅުވަޅުތަކެއް އަޅައި، ރަޝިއާގެ ރަސްމީ އެއާލައިން، އެއޮރިފްލޮޓަށް ވެސް ވަނީ އެގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.

ރަޝިއާއިން ބަދަލުގައި 36 ގައުމަކަށް ރަޝިއާގެ ވައިގެ ސަރަހައްދު ބަންދުކޮށް ބުނި ގޮތުން ރަޝިއާއަށް ދަތިކުރަން ގައުމުތަކުން ފިޔަވަޅުއެޅި ނަމަވެސް، އެގައުމަކާ ދެކޮޅަށް ކަމެއް ކުރާނީ ރަޝިއާއަށް ފެނިއްޖެ ހިނދެއްގައި އަދި ޝައުގުވެރިވާ ނަމަ ކަމަށެވެ.

ރަޝިއާގެ ވައިގެ ސަރަހައްދު ބަންދުކުރި އީޔޫ މެމްބަރު ގައުމުތަކަކީ: އޮސްޓްރިއާ، ބެލްޖިއަމް، ބަލްގޭރިއާ، ހަންގޭރީ، ޖާމަނީ، ޑެންމާކް، ގްރީސް، އަޔާލޭންޑް، އައިސްލޭންޑް، ސްޕެއިން، އިޓަލީ، ސައިޕްރަސް، ލަޓިވިއާ، ލިތުއޭނިއާ، ލަގްޒަމްބާގް، މޯލްޓާ، ނެދަލޭންޑްސް، ޕޮލޭންޑް، ޕޯޗުގަލް، ރޮމޭނިއާ، ސްލޮވޭކިއާ، ސްލޮވީނިއާ، ފިންލޭންޑް، ފްރާންސް، ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، ސްވިޑްން އެސްޓޯނިއާ އެވެ.

އޭގެ އިތުރުން އަލްބޭނިއާ، އެންގުއިލާ، އިނގިރޭސިވިލާތް، ބްރިޓިޝް ވާޖިން އައިލޭންޑް، ގިބްރާލްޓަ، ޖާސީ، ކެނެޑާ އަދި ނޯވޭ އެވެ.