ޑިފެންސް މިނިސްޓްރީ

ހަރުކަށި ފިކުރާ ދެކޮޅު މަސައްކަތަށް ޖަޕާންގެ ބައިވެރިވުން

Mar 1, 2022
ނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އާއި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީ ބައްދަލު ކުރެއްވުން --
0%
0%
0%

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގައި، އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އާއި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީ މަޝްވަރާ ކުރައްވައިފި އެވެ.

މިބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވަނީ ޖަޕާނުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން ދެ ގައުމުން ގުޅިގެން ކާރިސާތަކަށާއި ކަނޑުމަތީގެ ހާދިސާތަކަށް އިޖާބަދިނުމާއި ކަނޑުމަތީގެ ސަލާމަތާއި ވައިގެ ދަތުރުފަތުރުގެ ސަލާމަތް ކަށަވަރުކުރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

އެމްބެސެޑަރު މިޑޯރީ ވަނީ ޖަޕާނާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ތައްޔާރު ވަމުންދާއިރު ދެ ގައުމުގެ ގުޅުން މިއަށްވުރެ މަތީ ހަރުފަތްތަކަށް ގެންދިޔުމަށް ޖަޕާނުން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެއްވާފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345