ޑިފެންސް މިނިސްޓްރީ

ބޯޑަރުގެ ސެކިއުރިޓީއަށް ޖަޕާނުން 72 މިލިއަން ރުފިޔާގެ އެހީ

ބޯޑަރުގެ ސެކިއުރިޓީ އިތުރުކުރަން ޖަޕާނުން ދިން އެހީއާ މިނިސްޓަރު މާރިޔާ ހަވާލުވެލައްވަނީ
0%
0%
0%

ރާއްޖޭގެ ބޯޑަރުގެ ސެކިއުރިޓީ އިތުރުކުރުމަށް ޖަޕާނުން 72.6 މިލިއަން ރުފިޔާގެ ސާމާނު ހަދިޔާކޮށްފި އެވެ.

ކަސްޓަމްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެހީއާ ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ޖަޕާންގެ ހިލޭ އެހީގެ ތެރޭގައި ބޯޑަރު ބެލެހެއްޓުމަށް ބޭނުންކުރާ ބައެއް ސާމާނުގެ އިތުރުން ވެހިކަލް ހިމެނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ޖަޕާނުން ފޯރުކޮށްދިން އެހީގެ ސަބަބުން ރާއްޖޭގެ ބޯޑަރުގެ ރައްކާތެރިކަން ކަށަވަރުކުރެވިގެންދާނެ ކަމަށާއި ކުއްލި ހާލަތްތަކުގައި މަސައްކަތްކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މިނިސްޓަރު މާރިޔާ ވަނީ ޖަޕާނަކީ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްކަން ފާހަގަ ކުރައްވާފަ އެވެ.

ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ވަނީ މި އެހީގެ ސަބަބުން އާންމު ސަލާމަތާއި ބޯޑަރު ކޮންޓްރޯލް ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910