ކޯސްޓް ގާޑް

ކޯސްޓް ގާޑުގެ މެރިޓައިމް ރެސްކިޔު ސެންޓަރުގައި ޓްރެއިނިން ފެސިލިޓީއެއް ގާއިމްކުރަނީ

ކޯސްޓް ގާޑުގެ މެރިޓައިމް ރެސްކިޔު ސެންޓަރުގައި ޓްރެއިނިން ފެސިލިޓީއެއް ގާއިމްކުރަން ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން--
0%
0%
0%

ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ކޯސްޓް ގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގައި ޓްރެއިނިންގ ފެސިލިޓީއެއް ގާއިމްކުރަން ނިންމައިފި އެވެ.

ކޯސްޓް ގާޑުގެ "ސާޗް އެންޑް ރެސްކިޔު" އޮޕަރޭޝަންތައް ވިލަރެސްކުރާ މައި މަރުކަޒުގައި އެ ފެސިލިޓީ ގާއިމްކުރަން ނިންމާފައިވަނި އދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އަދި ޖަޕާން ސަރުކާރުގެ އެހީގަ އެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފެސިލީޓީ ގާއިމްކުރަން ޖަޕާނާއި ޔޫއެންއޯޑީސީ އާ ދެމެދު، އެކްސްޗޭންޖް އޮފް ނޯޓްސްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.

އިއްޔެގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އަލަށް ގާއިމްކުރާ ޓްރެއިނިންގ ފެސިލިޓީއާއެކު ގިނަ އަދަދެއްގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިވެ، ކޯސްޓް ގާޑުގެ ގާބިލްކަން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޖަޕާނުގެ އެހީތެރިކަމާއެކު، (ޔޫއެންއޯޑީސީ) މެދުވެރިވެގެން މިދިޔަ އޮގަސްޓުމަހުވެސް އެމްއާރުސީސީއަށް ފަންނީ ތަކެތި ހަދިޔާ ކުރި އެވެ. މާރިޔާ ވިދާޅުވީ އޭގެ ސަބަބުން، އެސެންޓަރުގެ މަސައްކަތަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިފައިވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345