ހަބަރު

ޖަޕާނުން ރާއްޖެއަށް 43 މިލިއަނުގެ އެހީ

ޖަޕާނު ސަރުކާރުން ރާއްޖެއަށް 43 މިލިއަން ރުފިޔާގެ އަގު ހުރި ސާމާނުގެ އެހީއެއް ދީފި އެވެ.

މިއަދު ހުޅުމާލޭ ކޯސްޓްގާޑު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުގެ އެހީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލު ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޮ ޔަނައި އެވެ. އެ ސާމާނަކީ މެރިޓައިމް ޕޮލިއުޝަން ރެސްޕޯންސް ވަރުގަދަ ކުރުމަށް ބޭނުންވާނެ ސާމާނުގެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި ބުނީ އެހީގެ ގޮތުގައި ލިބުނު ސާމާނަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އާއި ޖަޕާނުގެ ސަރުކާރާ ދެމެދު ސޮއި ކުރި "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން ދިން އެހީ އެއް ކަމަށެވެ.

މިއަދު ހަވާލު ކުރި ސާމާނަކީ ކަނޑުމަތީގައި ދިމާވާ މިފަދަ ހާދިސާތަކުގައި ފުރިހަމަ އަށް ބޭނުން ކުރެވޭނެ ތަކެތި ކަމަށް ދެކޭ ކަމަށް ވެސް ޖަޕާނު ސަރުކާރުން ބުނެފައި ވެއެވެ.