މާރިޔާ އަހުމަދު ދީދީ

މިނިސްޓަރު މާރިޔާ، ޖަޕާނުގެ މަނަވަރަށް ޒިޔާރަތް ކުރައްވައިފި

Oct 16, 2019

ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަނަވަރު "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އަށް މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ޒިޔާރަތް ކުރައްވައިފި އެވެ.

މިއަދު މެންދުރު ޖަޕާނުގެ މަނަވަރަށް ޑިފެންސް މިނިސްޓަރު ވަޑައިގެންނެވުމުން އެކަމަނާގެ ޝަރަފުގައި އެ މަނަވަރުން ވަނީ އޮނަރގާޑެއް އަރުވާފައެވެ. އަދި މަނަވަރާ ބެހޭގޮތުން މިނިސްޓަރަށް ވަނީ މައުލޫމާތު އަރުވާފައެވެ.

ޑިފެންސް މިނިސްޓަރު ޖަޕާނުގެ މަނަވަރަށް މިކުރެއްވި ޒިޔާރާތުގައި މިނިސްޓަރުގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމާއި ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓް ކާނަލް އަބްދުﷲ އިބްރާހީމްގެ އިތުރުން އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑާ ކާނަލް އަބްދުއްރައޫފް ވެސް ބައިވެރިވެ

ރަހުމަތްތެރިކަމުގެ ދަތުރެއްގައި ޖަޕާނުގެ ދެ މަނަވަރު ރާއްޖެ އައިސްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު ތިން ދުވަހުގެ ދަތުރެއް ގައެވެ.