ފޮރިން މިނިސްޓްރީ

ހުރިހާ ދިވެހިން ޔުކްރޭނުން ބޭރުވަނީ

Mar 2, 2022

ޔުކްރޭންގައި މިހާރު ތިބި ނުވަ ދިވެހިން އެގައުމުން ބޭރުވުމަށް ދަތުރު ފަށައިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޔުކްރެއިންގަައި ހަނގުރާމަ ފެށި ނުރައްކާވެފައިވާތީ އެ ގަައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ސަރުކާރުން ކުރަމުން އައި މަސައްކަތުގައި އެކި ދުވަސް މަތިން އެ ގައުމުގެ ބޯޑަރުން ދިވެހިން ނެރެމުން ދިޔަ އެވެ. އެގޮތުން އެންމެ ފަހުން ތިބި މީހުން މިހާރު އެގައުމުގެ ހުޅަނގު ފަރާތު ބޯޑަރާ ދިމާލަށް ދަތުރު ކުރަމުން އަންނަ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެ އެވެ،

ޔުކްރޭންގައި ތިބި ދިވެހިންގެ އެންމެ ފަހުގެ މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީން ބުނީ އެމީހުންނަށް ވަރަށް އަވަހަށް ބޯޑަރާ ހިސާބަށް ދެވޭނެ ކަމަށެވެ. ޔުކްރޭންގައި ތިބި ނުވަ ދިވެހިންގެ ތެރެއިން އަށް ދިވެހިންނަކީ ޚަރްކީވްގައި ތިބި މީހުންނެވެ. ބާކީ ހުރި މީހާ އެއީ ނީފްރޯގައި ހުރި މީހެކެވެ.

ޔުކްރޭނާ އިންވެގެން އޮތް އަދި ރަޝިއާ އަށް ވާގިވެރިވާ ބެލަރޫސްގައި ކިޔަވަމުންދާ ދަރިވަރުންނާއި ރަޝިއާގައި ތިބި ދަރިވަރުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލެ އައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، ދަރިވަރުންނަށް އެކަން އަންގާފައިވާ ކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

ހުރިހާ ދިވެހިން ޔޫކްރޭން އިން ބޭރުވަމުން އަންނައިރު، އެމީހުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މީގެ ކުރިން ރަޝިޔާ އަދި ބެލަރޫސް އިން ވަނީ ބުނެފަ އެވެ.