މިނިސްޓަރު އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް ހ.ސަންދަލީގެ ހަސަން މުޣުނީ މިއަދު އައްޔަނު ކުރައްވައިފި އެވެ.
މުޣުނީ މީގެ ކުރިން ހުންނެވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އޭނާ އެ މަގާމުން ވަކިކުރެއްވީ އިއްޔެ އެވެ.
ޙަސަން މުޣުނީ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީން ބެޗެލަރ އޮފް ސައިންސް ހާސީލްކުރައްވާ އެމެރިކާގެ ބްރޭންޑައިސް އިންޓާނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައެވެ. މުޣުނީއަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސިޔާސީ މަގާމަށް ވަޑައިގެންނެވި ބޭފުޅެކެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ހަމަޖެއްސެވި ޝަރީފަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަަށް ވަޑައިގަތުމުގެ ކުރީން ފެނަކައިގެ އެމްޑީ އެވެ. އޭގެ ކުރީން ރައީސް ޔާމީނާއެކު ވަރަށް އަރިހުގައި ގިނަ ދުވަސްތަކަކު ސިޔާސީ މަސައްކަތް ކުރެއްވިއެވެ.
ދެ ބޭފުޅުން ގުޅުން ގޯސްވީ 2018 ގެ ރިޔާސީ އިންތިހާބަށް ފަހު އެވެ. ރަައީސް ޔާމީންއާ އިިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި ޝަރީފް ވަނީ އިންތިހާބު އޮޅުވާލައްވާފައެވެ. ވަރަށް ގިނަ ތުހުމަތުތައް އޭނާގެ މައްޗަށް ކުރައްވައެވެ. ނަމަވެސް އެ ހުރިހާ ތުހުމަތުތަކެއް އޭނާ ދޮގު ކުރައްވައެވެ.
އީސީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެެއްވުމުގެ ކުރީންވެސް ޝަރީފް ވަނީ އޭނާ ދެން ފެންނާނީ ސިޔާސީ މަސައްކަތުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. މަގާމުން އިސްތިއުފާ ދެއްވާ މި ހޭދަވި މުއްދަތުގައި ރައީސް ސޯލިހަށް ތާއީދުކޮށް މީހުން ކުރާ ޓްވީޓްތަކާއި ޕޯސްޓްތަކަށް އޭނާ ވަރަށް ގިނައިން ލައިކްކޮށް ރިޓްވީޓް ކޮށް ހައްދަވާފައިވެއެވެ.