ދުނިޔެ

އީޔޫއިން ރަޝިއާގެ ހަތްބޭންކެއް ސްވިޓުން ބޭރުކޮށްފި

ޔޫރަޕިއަން ޔޫނިއަންގެ އެންގުމަށް ރަޝިއާގެ ހަތް ބޭންކެއް ސްވިޓް ފައިނޭޝަލް މެސެޖިން ސާވިސަސްއިން ބޭރުކޮށްފި އެވެ.

ސްވިފްޓްއަކީ މާލީ މުއާލަމާތްތަކާ ގުޅުން ހުރި މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ބޭނުންކްތައް ފަދަ މާލީ އިދާރާތަކުގެ މެދުގައި ބޭނުންކުރެވޭ ނިޒާމެކެވެ.

ޔޫރަޕިއަން ޔޫނިއަންގެ ބާޔާނުގައި ބުނާ ގޮތުން މާޗް 12، 2022 އިން ފެށިގެން ބަޔާނުގައި ބުނެފައިވާ ބޭނުންކްތަކަށް ސްވިފްޓް ނިޒާމް ފޯރުކޮށް ދިނުމަކީ މުޅިން މަނާކަމެކެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ޔުކްރޭނަށް އަރައިގަނެ ހިންގަމުން ގެންދާ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ އިދާރާތަކުން ވަނީ ރަޝިއާ ވަރަށް ބޮޑަށް ކުށްވެރި ކޮށްފަ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން ރަޝިއާއާ ދަތިކުރަން އެޅި ފަޔަވަޅުތަކުގެ ތެރޭގައި އެގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. އަދި ކަނޑުބޯޓުފަހަރަށް ބަދަަނރުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ރަޝިއާގެ ބޭނުންކްތައް ސްވިފްޓުން ބޭރުކުރުމަކީ ވެސް މާލީ ގޮތުން ރަޝިއާއަށް ދަތިކުރަން އެޅި ފިޔަވަޅެވެ.

ޔޫރަޕިއަން ޔޫނިއަނުން ބުނެފައިވާ ގޮތުން ރަޝިއާއަށް އެހީތެރިވުމުގައި ދެމިއޮންނަ ނަމަ ބެލަރޫސްގެ ބޭންކްތައް ވެސް ސްވިފްޓުން ބޭރުކޮށްލާނެ އެވެ.