އިމާރާތް ކުރުން

ރިއަލްއެސްޓޭޓް ވިޔަފާރިއަށް ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

Mar 3, 2022

ރިއަލްއެސްޓޭޓް ވިޔަފާރިއަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ހައްލުކުރަން މި ވިޔަފާރި ހިންގާ ކުންފުނިތަކާއެކު، އެމްއެންއޭސީއައި އިން މަޝްވަރާކޮށްފި އެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ރިއަލްއެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެ ޖަމިއްޔާގެ "ރިއަލް އެސްޓޭޓް ކޮމެޓީ"ގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

މަޝްވަރާކުރި ކަންތައްތައް ރިޕޯޓެއްގެ ސިފައިގައި އެޗްޑީސީ އާއި ސަރުކާރުގެ ކަމާބެހޭ އިދާރާ ތަކަށް ހުށަހަޅަން ނިންމާފައިވެ އެވެ.

އެމްއެންއޭސީއައިގެ ރިއަލް އެސްޓޭޓް ކޮމިޓީ

  • އަބްދުﷲ ސޯލިހު- ދަމާސް
  • އަލާއު އަލީ- އެލިއާ
  • އަބްދުﷲ މުހައްމަދު - އަމީން
  • ހަސަން ޝަމީމް- އިނޯކާ
  • މާޒިން- ރެއިންބޯ
  • ސައުދުﷲ ހިލްމީ- ސްވިފްޓް
  • މުހައްމަދު ނާޒިމް- އާރުސީސީ
  • ޖަލާލް- ނަލަހިޔާ
  • އަދުނާން ހަލީމް- އެމްއެންއޭސީއައިގެ ސެކްރެޓަރީ
  • ހަސަން ހަބީބު - އެމްއެންއޭސީއައިގެ ޓްރެޝަރާ

ރާއްޖޭގައި ރިއަލްއެސްޓޭޓް ވިޔަފާރި މިހާރު އެންމެ ފުޅާކޮށް ކުރަމުން ދަނީ ހުޅުމާލޭގަ އެވެ. މިގޮތުން 2015 ވަނަ އަހަރުން ފެށިގެން މި ވިޔަފާރި ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. ނަމަވެސް މި ވިޔަފާރި ހިންގާ ފަރާތްތާކަށް ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.