ދުނިޔެ

ޔުކްރޭންގެ ވައިގެ ސަރަހައްދު މުޅިން ބަންދުކުރަން ޒެލެންސްކީ އެދިވަޑައިގެންފި

ވައިގެ ސަރަހައްދު މުޅިން ބަންދުކުރަން ޔުކްރޭންގެ ރައީސް ވޮލޮދިމިރު ޒެލެންސްކީ އަމުރު ކުރައްވައިފި އެވެ.

ޒެލެންސްކީ ވިދާޅުވީ ޔުކްރޭނަށް އަރަނީ ހަމައެކަނި ރަޝިއާ މިސައިލް ނޫން ކަމަށާއި ބެލަރޫސްއިން ވެސް މިސައިލް ފޮނުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުން ޔުކްރޭނަށް އެންމެ ގިނައިން އޮހެނީ އިސްކަންދަރު މިސައިލް އެވެ. އެއީ ރަޝިއާގައި އުފައްދާ ކުރުރާސްތާ މިސައިލް މަރުކާއެކެވެ.

ޒެލެންސްކީ ވިދާޅުވި މިވަގުތު މުހިންމީ މަޝްވަރާ ކަމަށާއި އެކަމަކު ޕޫޓިން ޖަވާބު ނުދެއްވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުން ދެލީޑަރުން މަޝްވަރާކޮށްގެން ނޫން ގޮތަކަށް މަޝްރަހު ހައްލެއް ނުވާނެ އެވެ.

ޒީލިއަންސްކީ ވެރިރަށް ކިއެވްގައި އޮތް ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ ކިއެވް މިހާރު ފިތިބާރުވަނީ ކަމަށާއި ހުޅަނގުން ބުނި ބަހުގައި ހިފަހައްޓަން ޖެހޭ ކަމަށެވެ. އަދި ޔުކްރޭން ސަލާމަތްކޮށްދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.